ޚަބަރު

މިހާތަނަށް 254 ސާމްޕަލްގެ ނަތީޖާ ނުލިބި އެބައޮތް: ސަރުކާރު

މިހާތަނަށް 254 ސާމްޕަލްގެ ނަތީޖާ ނުލިބި އެބައޮތް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް ވިދާޅުވީ، މިހާތަނަށް 4،000 އަށްވުރެ ގިނަ ސާންޕަލް ނަގާފައިވާ ކަމަށާއި 3،834 ސާމްޕަލްއެއް ނެގަޓިވްވެފައިވާ ކަމަށެވެ.

"މިހާތަނަށް 4000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން 3،834 ސާމްޕަލްއެއް ނެގަޓިވް. ނަތީޖާ ނުލިބެނީ 245 ސާމްޕަލެއް. މިހާތަނަށް 16 މީހަކަށް ޝިފާ ލިބިފައި ވަނީ. މިހާރު ފަރުވާ ދެނީ 42 މީހުންނަށް. 903 މީހުން ފާޙަގަ ކުރެވިފައި ވަނީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އަދި 152 ތަނެއް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި. ވިލިވަރުން ތިން މީހަކު ދޫކޮށްލެވިފައި ވަނީ." މަބްރޫކް ވިދާޅުވިއެވެ.

މިއަދު މިހާތަނަށް 15 މީހަކު ވައިރަހަށް ފައްސިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ.

މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 67 އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!