ކުޅިވަރު

އިތުރު 3 ދިވެހިންނާއި 4 ބިދޭސީން ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އަނެއްކާވެސް އިތުރު ތިން ދިވެހިންނާއި ހަތަރު ބިދޭސީން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

ދެންމެ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އިތުރު ހަތް ޕޮޒިޓިވް ކޭސް ފެނިއްޖެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ ކަމަށެވެ.

މިއާއެކު މިއަދު ރާއްޖެއިން ކޮވިޑްއިން ފައްސިވި މީހުންގެ އަދަދު 15 އަށް އަރައެވެ. އޭގެތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް ވިދާޅުވީ، މިހާތަނަށް 4،000 އަށްވުރެ ގިނަ ސާންޕަލް ނަގާފައިވާ ކަމަށާއި 3،834 ސާމްޕަލްއެއް ނެގަޓިވްވެފައިވާ ކަމަށެވެ.

"މިހާތަނަށް 4000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނެގިފައި. އޭގެތެރެއިން 3،834 ސާމްޕަލްއެއް ނެގަޓިވް. ނަތީޖާ ނުލިބެނީ 245 ސާމްޕަލެއް. މިހާތަނަށް 16 މީހަކަށް ޝިފާ ލިބިފައި ވަނީ. މިހާރު ފަރުވާ ދެނީ 42 މީހުންނަށް. 903 މީހުން ފާޙަގަ ކުރެވިފައި ވަނީ ކޮންޓެކްޓް ޓްރޭސިން ހެދިއިރު، އަދި 152 ތަނެއް އޮތީ މޮނިޓަރިން ހާލަތަށް ގެނެސްފައި. ވިލިވަރުން ތިން މީހަކު ދޫކޮށްލެވިފައި ވަނީ." މަބްރޫކް ވިދާޅުވިއެވެ.

މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 67 އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!