ޚަބަރު

ކޮވިޑް19: ލ.ގަމު މީހަކު ފޮތި މާސްކް ފަހައި ، ހިލޭ ބަހަނީ'!

ދެން އެމްވީ ، ދެން އޮންލައިން

ލ.ގަމުން މާސްކް ލިބުން ދަތިވުމާއި ގުޅިގެން އެރަށު މީހަކު ފޮތި މާސްކް ފަހައި ، ހިލޭ ބަހަމުން އެބަދެއެވެ.

Ads by STELCO

ލ.ގަމު މަތިމަރަދޫ ކަނބަލެއް ކަމަށްވާ އަޒީޒާ މަހުމޫދު "ދެން" އާއި ވާހަކަ ދައްކަމުން ބުނީ މި މަސައްކަތަކީ ދިމާވެފައިވާ ހިތާމަވެރި ޙާލަތުގައި އެހީތެރިވުމުގެ ގޮތުން އޭނާއަށް ވެސް ކުރެވެން އޮތް ކަމެއް ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދަނީ އެއްވެސް ގޮތަކަށް ކޮންޓެކްޓް ނުވާގޮތަށް ކަމަށް އޭނާ ބުންޏެވެ.

މާސްކް ބޭނުންވާ މީހުން 7587900 އަށް މެސެޖު ކުރުމަށް އަޒީޒާ ވަނީ އެދިފައެވެ.

ފުރަބަންދާއެކު ދަތުރުފަތުރުތައް ހުއްޓުމާއެކު ރައްކާތެރިކަމުގެ ސާމާނު ލިބުން ވަނީ ދަތިވެފައެވެ. ގަމުގެ މެޑިކަލް ސްޓޯރތަކަށް ގުޅާލިއިރު މާސްކް ލިބެން ހުރީ އެސްޓީއޯއިން އެކަންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!