ޚަބަރު

ގޮއިދޫގައި ތަރުކާރީ ހައްދާ ދަނޑަކަށް ގެއްލުން ދީފި

ދެން އެމްވީ ، ދެން އޮންލައިން

ބ.ގޮއިދޫގައި ތަރުކާރީ ހައްދަމުން އަންނަ ދަނޑަކަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުހުހުން ބުނެފައިވަނީ، ރަމަޟާން މަސް މިހާ ކައިރިވެފައިވަނިކޮށާއި،ކޮވިޑްގެ ސަބަބުން މުޅި ދުނިޔެ ލޮކްޑައަކަށް ގޮ ވެފައިވާ މިދަނޑުވަޅުގައި ތަރުކާރީ ހައްދާ ދަނޑަކަށް ގޮއިދޫގައި ބަޔަކު ގެއްލުންދީ، ތަރުކާރީތަކާއި ތަރުކާރީ ގަސްތަކަށް ގެއްލުންދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލުމާތުދެއެވެ.

ކޮވިޑް އާ ގުޅިގެން ބިން ބޮޑެތި ރަށްތަކުން ދަނޑުވެރިކަން ކުރުމަށް ބިންތައް ކަނޑައަޅާ ކައުންސިލްތައް މެދުވެރިކޮށް އެއްވެސް ކުއްޔަކާއި ނުލާ ދޫކުރުމަށް ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!