ރާއްޖޭގައި ތިބި ފަތުރުވެރިން ބަލާ މާދަމާ ޤަތަރް އެއާވޭސް ގެ ފްލައިޓެއް
ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ މީހުންގެ ގައުމަށް ގެންދިއުމަށް މާދަމާ ގަތަރު އެއާވޭސް ގެ ފްލައިޓެއް ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ގަތަރުު އެއާވޭސް ގެ ފްލައިޓު QR675 ފުރަން ހަމަޖެހިފައިވަނީ 21 އޭޕްރިލް ވާ އަންގާރަ ދުވަހުގެ މެންދުރު 15:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ފްލައިޓުން ފުރާ ފަސިންޖަރުން އަމަލު ކުރަންވީގޮތް މިނިސްޓްރީ އިން މިހާރު ފަސިންޖަރުންނަށް އަންގާފައިވާނެ ކަމަށާއި މިނިސްޓްރީ އަށް ފޯރުކޮށްދެންޖެހޭ މައުލޫމާތު މިރޭ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިނިސްޓްރީ އިން އިތުރަށް ބުނެފައިވަނީ ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން މާދަމާ ފުރަން ދާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށް އެދޭ ކަމަށެވެ. އަދި ް ފްލައިޓުން ދަތުރުކުރުމަށް ޓިކެޓު އޮތް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ އުޅަނދުތަކަށް ފުލުހުން ހުއްދަ ދޭނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖެ ފުރަބަންދު ކޮށްފައިވާއިރު ރާއްޖޭގައި ތިބި ފަތުރުވެރިން ގެންދިއުމަށް މީގެ ކުރިން ވެސް ވަނީ ފްލައިޓުތަކެއް ބާއްވާފައެވެ.