އައްޑޫ ސިޓީގައި އާންމު ވިޔަފާރީގެ ހިދުމަތް ދިނުން މަނާކޮށްފި
ރާއްޖޭގައި ކޮވިޑް19 އަށް ގިނަ ބަޔަކު ފައްސިވެ ނުރައްކާތެރިކަން އިތުރު ވަމުން އަންނާތީ އެ ސިޓީ ގެ އާންމު ވިޔަފާރީގެ ހިދުމަތްތައް ދިނުން މަނާކޮށްފިއެވެ.
ރައްޔިތުންގެ ސަލާމަތާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ގައި އާންމު ވިޔަފާރީގެ ހިދުމަތް ދިނުން މަނާކޮށްފައިވަނީ އިއްޔެ ހަވީރު 17:00 އިން ފެށިގެންނެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މީގެ ފަހުން މީގެ ފަހުން އާންމު ވިޔަފާރިތަކަށް ދެވޭނީ އެ ރަށެއްގެ ގެތަކަށް ޑެލިވެރީ ކުރުމުގެ ހިދުމަތް އެކަނި ކަމަށެވެ. އަދި ޑެލިވެރީ ކުރުމުގެ ކުރިން އެރަށެއްގެ ސޯޝަލް ސަޕޯޓު ޑެސްކުގައި ރަޖިސްޓްރީކޮށް ޑެލިވެރީ ކުރުމުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.
މިއަދު މިހާތަނަށް 15 މީހަކު ވައިރަހަށް ފައްސިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީން ހިމެނެއެވެ.
މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު ވަނީ ޖުމްލަ 67 އަރާފައެވެ.