ދުނިޔެ

މެލޭރިއާއަށް ފަރުވާ ކުރުމަށް ދޭ ބޭހެއް ކޮވިޑް19ގެ ފަރުވާއަށް އިންޑިއާއިން އެކި ގައުމުތަކަށް ފޮނުވަނީ، އދގެ ތަޢުރީފް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެކުރާ ހަނގުރާމައިގައި އިންޑިޔާއިން ދޭ އެއްބާރުލުމަށް އދ އިން ތަޢުރީފުކުރުން މިއީ އިންޑިޔާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ މިކަން ފާހަގަކޮށް ވާހަކަ ދެއްކީ، މެލޭރިޔާއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްލޯރޮކުއިން ގެ ޝިޕްމަންޓެއް އިންޑިއާއިން އެމެރިކާއަށް ފޮނުވިތާ ދުވަސްކޮޅެއް ފަހުންނެވެ.

Ads by Sosun Fihaara

އިންޑިޔާ ޓައިމްސްގައި ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިޔާއިންވެސް އަންނަނީ ކޮވިޑް-19 އާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކޭސް ތަކާއި އެކު އިންޑިޔާއަށް ވެސް މިއީ އުނދަގޫ ވަގުތެކެވެ. ނަމަވެސް މިވަގުތުގައި އިންޑިޔާއިން ވަނީ އިންސާނިއްޔަތުކަން ދަައްކުވައިދީފައެވެ.

އިންޑިޔާ ފާހަގަ ކުރެވެނީ އެންމެ ގިނައިން ހައިޑްރޮކްލޯރޮކުއިން އުފައްދާ ގައުމުގެ ގޮތުގައެވެ. މިއީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އެދެވޭ ކުރިއެރުން ތަކެއް ލިބިދޭ ބޭހެކެވެ. ކޮވިޑް-19 ގެ ފަރުވާ އަކީ މި ބޭސްކަމަށް ހުރިހާ ޑޮކްޓަރުން އިއްތިފާގު ނުވި ނަމަވެސް ނިއުޔޯކްގެ 1500 އަށްވުރެ ގިނަ ބަލިމީހުނަށް މިބޭސް ވަނީ ދީފައެވެ. މިބޭހަށް އޮތް ޑިމާންޑް ކުއްލިއަކަށް އިތުރުވެފައި މިވަނީ އިންޑިޔާއިން ބޭސް އެކްސްޕޯޓް ކުރުން މަނާކުރި ކުރުން އުވާލުމާއި އެކުގައެވެ. އެއާއި އެކު އެތައް ގައުމަކަށް މިބޭސް ފޯރުކޮށްދީގެން މި ދަތި ވަގުތުގައި އިންޑިއާ އިން ވަނީ ރަހްމަތްތެރިކަމުގެ މިސާލު ދައްކާފައެވެ.

އިންޑިޔާއިން 2،800،000 ޕެކެޓް ޕެރެސެޓްމޯލް އިނގިރޭސި ވިލާތަށް ފޮނުވުމުން، އިނގިރޭސި ސަރުކާރުންވެސް މިކަން ޝުކުރުވެރި ކަމާއި އެކު ފާހަގަ ކުރިއެވެ. މިހާރު އިންޑިޔާއިން އަންނަނީ އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ 55 ގައުމަކަށް ފޮނުވުމަށް ހައިޑްރޮކްލޯރޮކުއިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރެއިން އެއްބައި ހިލޭ އެހީގެ ގޮތުގައި އެ ގައުމުތަކަށް ދޭނެއެވެ.

މިހާރު އިންޑިއާއިން ބޭސް ފޮނުވި ގައުމު ތަކުގެ ތެރޭގައި އެމެރިކާ، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ. އަދި އިތުރު ބައެއް ގައުމުތަކަށްވެސް މި ހަފްތާ ނިމޭއިރު ބޭސް ފޮނުވާނެ ކަމަށް އިންޑިޔާއިން ބުނެއެވެ.

އިންޑިޔާއިން ބޭސްފޮނުވައިދޭ އަވަށްޓެރި ގައުމު ތަކުގެ ތެރޭގައި އަފްޣާނިސްތާން، ބޫޓާން، ބަނގްލަދޭޝް، ނޭޕާލް، ދިވެހިރާއްޖެ، ސްރީލަންކާ އަދި މިޔަންމާ ހިމެނެއެވެ.

އިންޑިޔާގައި މިހާތަނަށް 17,615 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 559 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!