ޚަބަރު

ލަންކާއިން ހައްޔަރުކުރީ 12 ދިވެހިން، ހަތް މީހުން މާދަމާ ކޯޓަށް ހާޒިރުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އަވައްޓެރި ސްރީލަންކާއިން މިއަދު ހައްޔަރުކޮށްފައިވަނީ 12 މީހުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ފުރަތަމަ ހާމަކުރީ ހަ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހޯދި މައުލޫމާތުތަކަށްފަހު ފޮރިން މިނިސްޓްރީން ދެންމެ ބުނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށައް 12 ދިވެހިން ގެންދިޔަ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ.

ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ. އަދި އިތުރު މީހަކުވެސް މިރޭގެ ވަގުތެއްގައި ފުލުހުންގެ ބަންދުން ދޫކޮށްލާނެ ކަމަށް އެނގިފައިވެއެވެ.

ބާކީ ތިބި ހަތް މީހުން މާދަމާ ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަތް މީހުންގެ ތެރޭގައި ޕާސްޕޯޓްގެ މުއްދަތު ހަމަވެ، އަދި ވިސާގެ މުއްދަތު ހަމަވި ފަހުންވެސް ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި އުޅެމުންދިޔަ ދެ ދިވެހިން ހިމެނެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު މާދަމާ އިތުރު ކުރާނެ ކަމަށް ބެެލެވެއެވެ.

ފޮރިން މިނިސްޓްރީން މިރޭ ވަނީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ލަންކާގެ ގާނޫނުތަކަށް އިހުތިރާމްކޮށް އެ ގައުމުގައި މަނާ އެއްވެސް ކަމެއް ނުކުރުމަށްވެސް ވަނީ އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!