Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

މުސާރަ ކުޑަކުރަން އެއްބަސް ނުވި އާސެނަލްގެ 3 ކުޅުންތެރިންގެ ތެރޭގައި އެންމެ މުސާރަ ބޮޑު އޮޒިލް

ކޮވިޑް-19 އާއި ގުޅިގެން ލިބެމުންދާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން އަރސެނަލްގެ ކުޅުންތެރިންނާއި ކޯޗިންގެ ސްޓާފުންގެ މުސާރަ 12.5 އިންސައްތަ އުނިކުރާކަމަށް އާރސެނަލް އިންވަނީ އިޢުލާންކޮށްފައެވެ. ނަމަވެސް މިކަމަށް އެއްބަސް ނުވާ 3 ކުޅުންތެރިން ތިބި އިރު އެތަނުން އެކަކީ ޓިމުގެ އެންމެ މުސާރަބޮޑު މެސޫތު އޮޒީލް ކަމަށް މެއިލް އޮންލައިން އިން ހާމަކޮށްފިއެވެ.

އޭނާ މިކަމަށް އެއްބަސް ނުވެ ލަސްވާ ސަބަބެއްކަމަށް ބުނީ، ކޮވިޑް-19 ގެ މިޙާލަތުގެ ސަބަބުން ހަގީގަތުގައި މާލީގޮތުން ލިބެނީ ކިހާ ގެއްލުމެއްކަން ބަލަން ބޭނުންވުމެވެ.
އަރސެނަލްއިން ހޯމަ ދުވަހު އިޢުލާން ކުރިގޮތުގައި އެ ޓީމުގެ ފުރަތަމަ 11 ގެ އިތުރުން ހެޑްކޯޗް އަދި އެހެން ކޯޗިން ސްޓާފުންގެ 12 މަސްދުވަހުގެ މުސާރައިން ބައެއް އުނިކުރުމަށް އެމީހުން އަމިއްލައަށް ވަނީ އެދިފައެވެ. ނަމަވެސް މިކަމަށް އެއްބަސްނުވާ 3 ކުޅުންތެރިން ތެރޭގައި ހަފްތާއަކު 350،000 ޕައުންޑް ލިބޭ މެސޫތު އޮޒިލް ހިމެނުމުން ގިނަބަޔަކަށް ހައިރާންކަން ލިބުނެވެ.

އަރސެނަލްއިން ބުނީ މިއީ ކުޅުންތެރިއެއްގެ އަމިއްލަ މައްސަލައެއްކަމުން މިކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ ޙައްޤު އެކުޅުންތެރިޔާއަށް ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ބައެއް ކުލަބު ތަކުން މުސާރަ ލަސްކުރުމަށް ހުށައެޅި އިރު އާރސެނަލް އަކީ މުސާރައިން އުނިކުރުމަށް ނިންމި ޕުރިމިއާ ލީގުގެ ފުރަތަމަ ޓީމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް