ޚަބަރު

ރައުނާ ކޮވިޑް-19 އަށް ނައްސި: ގެއްލުވާލި އަބުރު ހޯދައި ދޭނީ ކިހިނެތް؟

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވިވެ، ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މީސް މީޑިއާގައި އަބުރު ކަތިލި ރައުނާ ނަމަކަށް ކިޔާ ޒުވާނެއްގެ އެ ބައްޔަށް ނައްސި ވެފައިވާކަން ހާމަ ކޮށްފިއެވެ.

Ads by STELCO

ރައުނާ މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސި ވެފައިވާ އެއާޕޯޓްގެ ރެޕާއި އޭނާ އާއި ގުޅުވައިގެން ދައްކަމުން ގެންދަނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށާއި، އެއާޕޯޓްގެ ރެޕާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ރައުނާ ބުނީ އޭނާގެ ފުރަތަމަ ޓެސްޓުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ދެއްކި ނަމަވެސް ދެވަނަ ޓެސްޓްގެ ނަތީޖާ ކޮންޓަމިނޭޓެޑްވެ ތިން ވަނަ ޓެސްޓެއް ހެދިކަމަށެވެ. ތިން ވަނަ ޓެސްޓުގެ ނަތީޖާ ނައްސި ވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ރައުނާ ރޭ ކުރި ޕޯސްޓެއްގައި ބުންޏެވެ.

އޭނާ މިހާތަނަށް ހުރީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައެވެ. ނަމަވެސް މިހާރު އޭނާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުނެއެވެ.

ރައުނާގެ ބޭބެ މުހައްމަދު ނާޖިހް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ބައެއް މީހުން ރައުނާގެ އާ ބެހޭ ގޮތުން މީސް މީޑިއާގައި އެ މީހަކު ހިތަށް އެރި އެއްޗެއް ލިޔަމުން ފެނުނު އެއްޗެއް ޝެއާ ކުރަމުންދާއިރު އެކަމުގެ ތެދު ދޮގު ބަލާލީ ކިތައް މީހުންތޯ ސުވާލު އުފައްދާފައެވެ.

އޭނާ ބުނީ ރައުނާ އަށާއި އެ އާއިލާއަށް މިފަދަ ހިތްދަތިކަމެއް ލިބިފައިވާ ވަގުތު ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އާދޭހާއެކު ހުރިހާ އެންމެންގެ ފަރާތުން އެދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!