ޚަބަރު

ކުލި ދައްކަން އުނދަގޫ ވާމީހުންނަށް ހިލޭ ހުރެވޭ ތަނެއް ، ދީލަތި މި އިންސާނާއަށް ﷲ ބަރަކާތް ލައްވާށި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ މި އުނދަގޫ ޙާލަތުގައި އަހަރެމެންގެ ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ފުރަބަންދުގައި އެންމެން މިތިބީ ގޭގައެވެ. އެއާއެކު ވަރަށް ގިނަ މީހުންނަށް އާމްދަނީ ލިބޭނެ މަގު ބަންދު ވެއްޖެއެވެ.

Ads by MWSC

މިޙާލަތުގައި އެންމެ ބޮޑު ހާސްކަމަކާއި ފިކުރެއް ކުރަން ޖެހިފައިވަނީ ގޭގެ އެންމެން މަސައްކަތް ކޮށްގެން ކުލި ދައްކަމުންދާ މާލޭގައި ދިރިއުޅޢ ރަށްރަށުގެ އާއިލާ ތަކަށެވެ. މިފަދަ އެތައް ބަޔަކު މަގުމަތި ވާން ޖެހިދާނެ ކަމުގެ ކަންބޮޑުވުންތައް ''ދެން''އާއި ވަނީ ހިއްސާކޮށްފައެވެ.

މިފަދަ މީހުންނަށް އެކި ވަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ތިބި ކަމީ ހިތަށް ތަސައްލީއެއް ލިބޭ ކަމެކެވެ. މިފަހަރު އެކަމަށް ތައްޔާރަށް ހުރީ ހަކޮޓަރީގެ ގެސްޓް ހައުސްއެއް ހިންގާ މީހެކެވެ. ކުލި ދެއްކުމުގައި ތަކްލީފް އުފުލާ މީހުންނަށް އޭނާ ވަނީ މި ދަތިކަން ފިލާ ނިމެންދެން އެތަނުގައި ތިބެވޭނެ އިންތިޒާމް ހަމަ ޖައްސައިދީފައެވެ.

''ދެން''އާއި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ގެސްޓް ހައުސް ހިލޭ ދިނުމަށް އޭނާ ނިންމީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ގޮތުން ކަމަށާއި އެފަދަ މީހުން އޭނާއާއި ގުޅުއްވުމަށް (7444143) އެދޭ ކަމަށެވެ.

ﷲ ، މި އިންސާނާއަށް ބަރަކާތް ލައްވާށިއެވެ. އޭނާއަށް ތަނަވަސްކަން އިތުރު ކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!