ލައިފްސްޓައިލް

ތިިޔަ އުޅެނީ ތުނބުޅި ނުފަޅައިގެންތަ؟ އަވަހަށް މިކަންކަން ކޮށްލާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތުނބުޅި ނުފެޅުމަކީ ފިރިހެން ކުއްޖަކު ހެދިބޮޑުވެގެން އަންނަ އިރު އެންމެ ދެރަވާނެ އެއްކަންތައް ކަން ޔަގީނެވެ. ވާނީ ވެސް އެހެންތާއެވެ. ކައިރީގައި އުޅޭ ރަހުމަތްތެރިންގެ ރީތި ތުނބުޅިއެއް ހުންނައިރު، ތިބާގެ ތުނބުޅި އެއް ނެތުމުން ދެރަވާނެ ނޫން ހެއްޔެވެ.

Ads by STELCO

ތުނބުޅި ނުފަޅައިގެން މިހާރު ހާސްވާކަށް ނުޖެހެއެވެ. މިއޮތީ ތުނބުޅި ނުފަޅައިގެން އުޅޭ މީހުންނަށް ގޭގައި ކުރެވިދާނެ ވަރަށް ސަޅި 5 ކަމެކެވެ. މި 4 ކަންތައް ކޮށްލައިިފިނަމަ އަންހެންކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ތުނބުޅިއެއް ތިބާއަށް ވެސް ލިބިދާނެއެވެ.

1- ޑައިޓު ކުރުމާއި ތުނބުޅި ދިގުކޮށްދޭ ކާނާ ކެއުން

ބައެއް ވިޓަމިންތަކަކީ އޭގެ ސަބަބުން ތުނބުޅި ފެޅުމަށް މަގުފަހިކޮށްދޭ ވިޓަމިން ތަކެކެވެ. އެގޮތުން ވިޓަމިން ޑީ  ގިނަ އަދަދަކަށް އެކުލެވޭ ކާނާ ކެއުމަކީ މިކަމަށް މަގުފަހިވާ ކަމެކެވެ. އެގޮތުން ކާންވީ ބައެއް އެއްޗެއްސަކީ، މަސް އަދި ކުކުޅު ބިހެވެ.

ވިޓަމިން ޑީގެ އިތުރުން ވިޓަމިން ބީ އަކީވެސް ތުނބުޅި ފެޅުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ވިޓަމިން ބީ އެކުލެވޭ ކާނާތަކުގެ ތެރޭގައި ޕާން، ނަޓްސް އަދި މަސް ހިމެނެއެވެ. އެހެން ކަމުން ކެއުމުގައި މިފަދަ ކާނާތައް ގިނަ ކުރުމަށް ސަމާލުކަމެއް ދޭށެވެ.

2- ރަނގަޅަށް ނިދުން

ރަނގަޅަށް ހަަމަ ނިދި ނުލިބޭނަމަ ނުވަތަ މާގިނައިން ނިދާ ކަމުގައި ވަނީ ނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދޭ މާއްދާއެއް ކަމަށްވާ ޓެސްޓްއޮސްޓެރޯން އަށް ނޭދެވޭ އަސަރު ކުރެއެވެ. އެ މާއްދާ ދަށް ވާނަމަ ތުނބުޅި ފެޅުމަށް ލަސްތަކާއި ކުރިމަތިވެދާނެއެވެ. އެހެންކަމުން މާ ގިނައިން ވެސް ނުނިދާށެވެ. އަދި މާ މަދުން ވެސް ނުނިދާށެވެ. ސިއްހީ މާހިރުންގެ ލަފައާ އެއްގޮތަށް 8 ގަޑިއިރު ނިދާލާށެވެ.

3- މޫނު ދޮވުމާއި މޮއިސްޓަރައިޒް ކުރުން

ތުނބުޅި ފަޅުވަން ބޭނުންނަމަ މޫނުގެ ހަންގަނޑު ރީއްޗަށް ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. އެގޮތުން، މޫނު ހަންގަނޑާއި ގުޅޭ ފޭސްވޮޝް އެއް ބޭނުން ކުރާށެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ކޮންމެ ދުވަހަކު ވެސް މޫނު ދޮންނާށެވެ.

މޫނު ދޮވުމަށްފަހު ކޮންމެ ފަހަރަކު ވެސް މޫނުގައި މޮއިސްޓަރައިޒާ އެއް ހާކާށެވެ. އެގޮތުން، ލޯޝަން ނުވަތަ ތެޔޮ ބޭނުން ކުރެވިދާނެއެވެ. ތުނބުޅި ފަޅުވަން ބޭނުންނަމަ މޫނުގައި ހާކަން އެންމެ ރަނގަޅީ ކާށި ތެލެވެ.

4- ދުންފަތުގެ އިސްތިޢުލާމު ކުރުން ހުއްޓާލާ

ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ އެކަމުގެ ސަބަބުން އިސްތަށި ފޭބުން ގިނަވެއެވެ. އެގޮތުން ދުންފަތުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން އިސްތަށި ފެޅުމުގައި ލަސްތަކާ ކުރިމަތިވެއެވެ. އަދި ލޭ ދައުރުވާ ގޮތަށް ވެސް އޭގެ ސަބަބުން އަސަރު ކުރެއެވެ.

އެހެންކަމުން ސިނގިރޭޓު ބުއިން އަވަހަށް ހުއްޓާލާށެވެ. އޭރުން ތުނބުޅި ފެޅުމަށް ތިޔަ ދިމާވެގެން އުޅޭ ދަތިތަކަށް ހައްލެއް ލިބިދާނެއެވެ.

 

Ads by HDC
  1. އަޖައިބެއް

    5ވަނަ ކަންތައް ދިޔައީ މަހަށް؟

  2. ނަން

    ލޮލް

  3. ތިޔަ ކަންކަން ކޮއްްްގެންް ފަޅާ އެއްޗެއް ފަޅައިފީސް