ލައިފްސްޓައިލް

ދަތްދޮޅީގައި މާސްކު އަޅަން ހުއްދަ ނުދިނުމުން އެއަރ ހޮސްޓެސް އަކަަށް ހަމަލާދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޑެލްޓާގެ ފްލައިޓެއް ތެރޭގައި، ހަމައެކަނި ދަތްދޮޅީގައި މާސްކު އަޅައިގެން އިންނަން ޕަސިންޖަރަކަށް ހުއްދަ ނުދިނުމުން، އެފްލައިޓުގެ އެއަރ ހޮސްޓެސް އަކަށް މީހަކު ހަމަލާ ދީފިއެވެ.

މަންޒަރު ދުށް އެހެން ޕަސިންޖަރުން ބުނެފައިވާ ގޮތުގައި އަންހެން ޕަސިންޖަރެއް ފްލައިޓަށް އެރިއިރު ވެސް ހުރީ މާސްކު ދަތް ދޮޅީގައި އަަޅުވައިގެން، އަނގަޔާއި ނޭފަތް ނިވާ ނުވާ ގޮތަށެވެ.

ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕަސިންޖަރުން ފްލައިޓަށް އަރާއިރުއާއި މުޅި ދަތުރުގައި އަނގައާއި ނޭފަތް ނިވާވާނޭ ފަދައިން މާސްކު އަަޅައިގެން އިނުމަށް ވަނީ އަންގާފައެވެ.

ނަމަވެސް އެއަންހެންމީހާ އަށް އެއާހޮސްޓެސް އެކަން ހަނދާން ކޮށްދިނުމުންވެސް އަމުރަަށް ނުކިޔަމަންތެރިވެ، މާސްކު ރަނގަޅަށް އަޅަން ދެކޮޅު ހެދިކަމަށް އެވަގުތު އެ ފްލައިޓުގައި އިން ނޫސްވެރިއެއް ކަމަށްވާ ސުޒޭން ކިއަންޕޯ ވެސް ބުނެފައިވެއެވެ.

މާބޮޑަށް އެޕަސެންޖަރު ކައިރީ ކިޔުމުން އެއަންހެން މީހާ އެއާ ހޮސްޓެސްގެ މޫނު މަތީގައި ޖެހި މަންޒަރު، ސުޒޭން އެވަގުތު ވަނީ ވީޑިއޯކޮށް ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މިހާދިސާގެ ސަބަބުން، އެއަންހެން މީހާ ވަނީ އެފްލައިޓުން ބާލުވާފައެވެ. އަދި އޭނާގެ ޓިކެޓު ރީފަންޑެއް ވެސް ނުކޮށްދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!