ޚަބަރު

ރަށްރަށުގައި އެއްވެ އުޅުން މަނާކުރުމުގެ ބާރު ކަައުންސިލްތަކަށް ދީފި

ދެން އެމްވީ ، ދެން އޮންލައިން

އާންމު ސިއްހަތުގެ ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އޮންނަހައި ހިނދެއްގައި ރަށްރަށުގައިި މީހުން އެއްވެ އުޅުން މަނާކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދީފި އެވެ.

Ads by Sosun Fihaara

އެގޮތުން އެއްވެ އުޅުން މަނާކުރުމުމުގެ ބާރާއި ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކާ ހަވާލުކުރާ މަސައްކަތްތައް އާންމު ކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ވަނީ ބަޔާނެއް ނެރެފައެވެ.

ލޯކަލް ކައުންސިލްތަކުން އަޅަން ހަމަޖެއްސި ފިޔަވަޅުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި، ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމުކުުރުމަށް އަޅަންޖެހޭ އެޅުމަށް ވަނީ އަންގައިފައެވެ.

ހަމައެއާއެކު ލޯކަލް ކައުންސިލުގެ އިހްތިސޯސް ހިނގާ ސަރަހައްދެއްގައި ކޮވިޑް19 އަށް ޝައްކުކުރެވިގެން ބަޔަކު އެކަހެރި ނުވަތަ ކަރަންޓީން ކުރަން ޖެހިއްޖެނަމަ އެ ބަޔަކަށް އެކަމުގެ ލިޔުން ދޫކުރުމަށް ހަމަޖެހިފައިވަނީ ވެސް ލޯކަލް ކައުންސިލްތަކުންނެވެ. އަދި އެފަދަ މީހުން ކަރަންޓީނުން ދޫކޮށްލިކަން އަންގައި އެޗްޕީއޭ އިން ދޫކުރާ ލިޔުން ވެސް އެމީހުންނާ ހަވާލުކުރާނީ ކައުންސިލްތަކުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

އަދި މި މަހުގެ 15 ވަނަ ދުވަހުގެ ފަހުން، މާލެ ސަރަހައްދުން ރަށްތަކަށް ގޮސްފައިވާ އެންމެން 14 ދުވަހަށް އެކަހެރިވާން ވެސް ވަނީ އަންގައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!