Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އަންހެނުންގެ ދުވަހަށް ޚާއްސަކޮށްގެން، އެމްޑީޕީން ޖަލްސާއެއް ބާއްވަނީ

އަންހެނުންގެ ދުވަހަށް ޚާއްސަކޮށްގެން، އެމްޑީޕީން ޖަލްސާއެއް ބާއްވަނީ

މާދަމާ ފާހަގަކުރާ  އަންހެނުންގެ ދުވަހަށް ޚާއްސަކޮށްގެން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މާލޭގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި މާދަމާ ހަވީރު 4:00 ގައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އަދި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ، ވީހައިވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް ގޮވައިލައްވައިފައެވެ.
އަންހެނުން ބާރުވެރި ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އަންހެނަކަށް ވީތީ ސިޔާސީ ދައިރާއިން ކުރިމަތިލައި، އެކި މަޤާމުތަކާއި، އެކި އިންތިޚާބުތަކުގައި ވޯޓު ނުދިނުމުގެ މައްސަލަތައް ފާހަގަވާތީ، ސަރުކާރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލް އިންތިހާބުގެ 33 އިންސައްތަ ގޮނޑި އަންހެނުނަށް ޚާއްސަ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް