ޚަބަރު

ފައްސިވި 80 އަހަރުގެ މިހާ އޮތީ އައިސީޔޫގައި: ޑރ. މޫސަ

ދެން އެމްވީ ، ދެން އޮންލައިން

ފައްސިވި 80 އަހަރުގެ މިހާ އޮތީ އައިސީޔޫގައި ކަމަށް ޑރ. މޫސަ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވީ 80 އަހަރުގެ މީހާ އޮތީ އައިސީޔޫގައި ކަމަށާއި އޭނާއަކީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދިން މީހެއް ކަމަށެވެ. މީގެ އިތުރުން، ޑރ މޫސަ ވިދާޅުވީ، އެ މީހާއަކީ ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި މީގެ ކުރިން އެޑްމިޓް ވެފައި ހުރި މީހެއް ކަމަށެވެ.

"އެއީ އެހެންވެސް ބަލިތައް ތަހަންމަލް ކުރަމުންދާ މީހެއް. މި މީހާ ބެލެވެނީ ވަރަށް ހާލު ދެރަ މީހެއްގެ ގޮތުގައި. އެމީހާގެ އޮކްސިޖަން ލެވެލް ހުރީ 94 ގައި. އޮކްސިޖަން ލެވެލް އާންމުކޮށް ހުންނަން ޖެހޭނީ 98 ގައި. އެހެންވީމަ އޭނާގެ ހާލަތު ކުރިއަށް އޮތް ތަނުގައި ގޯސްވެދާނެ ކަމަށް ބެލެވޭނީ." ޑރ. މޫސަ ވިދާޅުވިއެވެ.

މިހާ އުމުރުން ދުވަސްވީ މީހަކު މި ބައްޔަށް ފައްސިވުުމުން ދޭހަވަނީ އަޅުގަނޑުމެންްގެ މާހައުލު ތެރޭގައި ފުދޭވަރަކަށް މި ބަލި ފެތުރިފައިވާ ކަން ކަމަށް ޑރ. މޫސަ ވިދާޅުވިއެެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައިވެސް ހުން އައިސް، ކެއްސާފައި މެއަށް ތަދުވެ ފަދަ ކަމެއް ވެއްޖެނަމަ އެއީ އިންޒާރުގެ އަލާމާތެއް ކަމަށް ޑރ. މޫސަ ފާަހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!