ޚަބަރު

ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިގެން ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ކ.އަތޮޅު ކާގި ކައިރިއަށް ފަރަށް އެރި ދޯންޏަކުން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ތިން މީހުންނާއެކު ދަތުރުކުރި "ޓީޓީއެސް ފާން" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ކެޕްޓަން ކަމަށެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިން މީހުން ތިބި ކަމަށާއި، އެއީ ދެ ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

"ކައްޕިގެ ދަބަހާއި ފޯނު ދޯނީގައި އޮތް ކަމުގެ މައުލޫމާތު ވަނީ ލިބިފައި. ގެއްލިގެން އުޅެނީ އުމުރުން 37 އަހަރުގެ، ދޯނީގައި ހުރި ހަމައެކަނި ދިވެހި މީހާ" އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ކެޕްޓަން ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް ރިޕޯޓުކުރީ ފަރަށް އެރި ދޯނިން ކަމަށާއި ކޯސްޓްގާޑުގެ އުޅަނދުތައް އެމީހާ ހޯދުމުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!