ޚަބަރު

ވިއްސާރަ ދުވަަސްވަރެއް ކަމުން ކޮވިޑްގެ އިތުރުން އަރިދަފުސް ރޯގާ އަށް ސަމާލުވޭ: ޑރ. މޫސަ

ވިއްސާރަ ދުވަސްވަރެއް ކަމުން ކޮވިޑްގެ އިތުރުން އަރިދަފުސް ރޯގާ އަށް ސަމާލުވާން ޖެހޭ ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.

ޑރ.މޫސަ އިތުރަށް ވިދާޅުވީ، މުޅި ރާއްޖެ އޮތީ ފުރަބަންދުގައި ކަމަށާއި އިރުޝާދު ތަކަށް ތަބާވެއްޖެނަމަ ހާލަތު ރަނގަޅުވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތީވިއްސާރަ ދުވަސްވަރެއް ކަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ރަށަކަށްވެސް ކްލަރިން ސްޓޮކް ފޮނުވާފައިވާ ކަމަށެވެ.

"ޅުގަނޑުމެން މިތިބީ ފުރަބަންދުގައި. އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ މިކަން ރަނގަޅު ކުރެވިދާނެ. ވިއްސާރަ ދުވަހެއް ކަމުން ހުރިހާ ރަށަކަށް ވަނީ ކްލަރިންގެ ސްޓޮކެއް ވަނީ ފޮނުވާފައި." ޑރ މޫސަ ވިދާޅިވިއެވެ.

މީގެ އިތުރުންވެސް މިހާރު ކުރިއަށް ދަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރޯގާގެ ނުވަތަ ހުމުގެ ކިރިޔާ އަލާމާތެއް ފެނުނަސް އެކަން ރިޕޯޓް ކުރެއްވުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައިފިނަމަ މިކަމުން އަރައިގަނެ ރަނަޅު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!