ޚަބަރު

އަލިފާން ރޯވި ސަފާރީ އަޑިއަށް ހިނގައްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނގިލި ފަޅުގައި އަޅާފައި އޮއްވާ އަލިފާން ރޯވި ބޭރުގެ ސަފާރީ އަޑިއަށް ހިނގައްޖެއެވެ.

Ads by MWSC

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވަން ފޯމް ޖަހަމުން ދަނިކޮށް މިއަދު ހެނދުނު 9:32 ހާއިރު ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވިއިރު އެ ސަފާރީގައި އޮސްޓްރޭލިއާއަށް ނިސްބަތްވާ ތިން ފިރިހެނުން ތިބި ކަމަށެވެ. އަދި އެ ތިން މީހުން އެތާ ކައިރީގައި އޮތް އެހެން ސަފާރީއަކަށް ނަގާފައިވާ ކަމަށާއި އަދި ފަރުވާ ދިނުމަށް ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ސަފާރީގައި ތިބި ތިން މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!