މިއަދު ފައްސިވި މީހުންނާ ގުޅުންހުރި 181 މީހަކު ދެނެގަނެފި، ބޮޑު ހަބެއް ވެސް ހިމެނޭ
މިއަދު ކޮވިޑް-19 އަށް ފައްސިވި 17 މީހުންނާ ގުޅުންހުރި 181 މީހަކު ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް އަދި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ، ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު އަލަށް ފައްސިވި 17 މިހުންގެ ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން މިހާތަނަށް 181 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 76، 77، 78 ގެ ކޮންޓްރެކްޓް ޓްރޭސްކުރުމުގެ ތެރެއިން ބޮޑު ދެ ހަބް ދެނެގަނެވިފައިވާކަމަށެވެ.
މިގެތެރެއިން އެއް ހަބްގައި ހިމެނެނީ 50 މީހުންކަމަށާއި، ދެވަނަ ހަބްގައި 640 މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ކޭސް ނަންބަރު 76 އެއީ ދިވެއްސެކެވެ. އަދި ކޭސް 77 އަދި 78 އެއީ ބަނގްލަދޭޝްގެ ދެ މީހުންނެވެ.
ޑރ.އަފްޒަލް ވިދާޅުވީ، މިއަދު ކޯވިޑް-19އަށް ފައްސިވި އެމްއެންޑީއެފް މީހާއާވެސް ސީދާ ދިމާވެފައިވާ ގިނަ ޢަދަދެއްގެ މީހުން ދެނެގަނެވިފައިވާކަމަށެވެ. އެގޮތުން އޭނާއާއި ދިމާވި 41 މީހަކު ހޯދިފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކުރި ޢުމުރުން 81 އަހަރު މީހާއާއި ސީދާ ދިމާވި ވިހި މީހަކު ދެނެގަނެވިފައިވާކަމަށްވެސް ޑރ.އަފްޒަލް ވިދާޅުވިއެވެ. ًޢުމުރުން 80 އަހަރުގެ މި މީހާއަށްވެސް ބަލިޖެހުނީ ކޮންބައެއްގެ ފަރާތުންކަމެއް އެންއީއޯސީން ހާމަކުރައްވާފައެއްނުވެއެވެ.
މިއަދު ބައްޔަށް ފައްސިވި 17 މީހުންގެ ތެރޭގައި ހިމެނޭ ކޭސް ނަންބަރު 82 އެއީ ކުޑަ ކުއްޖެއްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ކޭސް 76 77 78 ދެ ހަބެއް ފެނިފައިވާކަމަށް. މިހަބްތަކުގައި ފަންސާސް މީހުންނާއި 640 މީހުން ހިމެނެނޭ މިއީ ފުދޭވަރެއްގެ ބޮޑު ކޮންޓްރެކްޓް ހަބަކަށް ވެގެންދާނެއެވެ.