ޚަބަރު

ފައްސިވި އެމްއެންޑީއެފްގެ މީހާއާ ގުޅުން ހުރި 41 ފަރާތެއް، ކޮންޓެކްޓުވުން ގާތީ ސިފައިންނާ!

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ކޮވިޑަށް ފައްސިވި އެމްއެންޑީއެފްގެ މީހާއާ ގުޅުން ހުރި 41 ފަރާތެއް ދެނެގަނެފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފަޒަލް ވިދާޅުވީ އެމްއެންޑީއެފް މީހާ ފައްސިވި ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު 41 ކޮންޓެކްޓް ފެނިފައިވާ ކަމަށެވެ.

އެއީ އެމްއެންޑީއެފްގެ މީހުން ނުވަތަ އެހެން ބައެއް ކަމެއް ސާފު ނުވާ ކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ބޮޑަށް ބެލެވެނީ އެއީ އެމްއެންޑީއެފް މީހުން ކަމަށް ޑރ.އަފްޒަލް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 84 މީހަކު ވަނީ ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 45 ބިދޭސީންނެވެ. އަދި 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!