ޚަބަރު

ބިދޭސީން ކަރަންޓީނު ކުރަން ވެސް އިންސާނުން އުޅެން ހެޔޮ ނުވާވަރު ތަނެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކުވާ ނުވަތަ ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓް ވެފައިވާ ބިދޭސީން އެކަހެރިކޮށް ބޭތިއްބުމަށް "އެކްސްޕެޓް ވިލެޖް" އެއްގެ ގޮތުގައި، ސަރުކާރުން 2.1 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ތަރައްޤީ ކުރި ވިލިވަރު ކަރަންޓީނު ފެސިލިޓީ ހުރި ޙާލަތު ފެނިފައި ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ "މިއީ އިންސާނުން ތިބެން ކަމުދާ ތަނެއްތޯ" މި ސުވާލެވެ

Ads by STELCO


"ދެން"އާއި ވާހަކަ ދައްކަމުން ކަރަންޓީނު ފެސިލިޓީގައި ހުރި މީހަކު ބުނީ އެތަނުގެ ފާޚާނާ ތަކުގައި ފެން ވެސް ނެތް ކަމަށެވެ. އަދި މިރޭ 11 ޖެހުމާއި ހަމަޔަށް ވެސް ރޭގަނޑުގެ ކެއުން ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

މިތަނުގެ ފޮޓޯތައް މިރޭ އާންމު ވެގެން ދިޔައިރު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި ކޭސް-28 އާއި ސީދާ ކޮންޓެކްޓް ވެފައިވާ، ބްރައިޓް ބްރަދާރސްގެ 48 މުވައްޒަފުންވެސް މީގެ ތެރޭގައި އެބަ ތިއްބެވެ. ޖުމްލަ 120 މީހުން ނިދުމަށް ކައިރި ކައިރީގައި ބަންކް ބެޑް ޖަހައިގެން ނިދުމުގެ އިންތިޒާމް ކުރެވިފައިވާ މިތަނުގައި ވަނީ ދަގަނޑު ޓިނުން ހެދިފައިވާ ފުރާޅެކެވެ.




މި ފެސިލިޓީ ގެ ހާލަތު އާންމުންނާއި ހަމައަށް އައުމުން މިކަމާއި ގުޅިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތު އެފަރާތަށް އެނގިފައިނުވާ ކަމަށެވެ.

2.1M Quarantine Facility varah salhi

Posted by Copy Paste on Tuesday, April 21, 2020

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!