މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

މާލޭގެ ހުރިހާ ސަރަހައްދަކުން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ.
ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދޭން ފަށާފައެވެ. ސްޓެލްކޯއިން ވިދާޅުވީ ގަޑިއެއްހާއިރު ތެރޭ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭނެ ކަމަށެވެ.
ކަރަންޓްގެ ޚިދުމަތް ކެނޑިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ.