Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިލިވަރުގައި ތިބި އެންމެން އިރުފުއްޓަށް، ބިދޭސީންގެ ޝުކުރު ސަރުކާރަށް

ވިލިވަރު ކަރަންޓީނުގައި ބިދޭސީން ތިބި ތަނަކީ އިންސާނުން އުޅެން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެތާ ތިބި ބިދޭސީން ސަން ޝިޔާމްގެ އިރުފުއްޓަށް ބަދަލު ކޮށްފިއެވެ.

މިކަމާއި ގުޅިގެން އެތަނުގައި ހުރި މީހަކު "ދެން" އަށް މަޢުލޫމާތު ދެމުން ބުނީ"4 ޖަހަނިކޮށް ސިފައިން އައިސް ބުނީ ރެޑީ ވާށޭ. އެހެން ރަށަކަށް ބަދަލު ކުރަނީ އޭ. ދެން އެންމެ ރެޑީވެގެން މި އައީ" ކަމަށެވެ.

ވިލިވަރުގައި ތިބެފައި އިރުފުއްޓަށް އާދެވުމުން ކުރެވުނު އިޙްސާސް ކިޔައިދެމުން އޭނާ ބުނީ، "މިރަށަށް އާދެވުމުން އެންމެން ތިބީ ވަރަށް އުފާވެފައި. މި ފެންވަރުގެ ތަނަކަށް އަންނަން ބޭނުންވެގެން ނޫން މީޑިޔާއަށް މަޢުލޫމާތު ދިނީ. އެތަން (ވިލިވަރު ކަރަންޓީނު ފެސިލިޓީ) އެއީ ހަމަ މީހުން ދިރިއުޅެން ކަމުދާ ތަނެއްނޫން." ކަމަށެވެ.

މި ތަނުގައި ތިބި ބިދޭސީންގެ ތެރެއިން "ދެން"އަށް މަޢުލޫމާތު ޙިއްސާ ކުރި މީހާ ބުނީ، "މިއީ ވަރަށް އަގުބޮޑު ރިސޯޓެއްކަން އެނގޭ. މިތަނުގައި ތިބެފައި ދާއިރު އަހަރުމެންނާއި ބެހޭގޮތުން ދެރަ އެއްވެސް ވާހަކަ އެއް ނުއިވޭނެ ގޮތަށް ކަންތައް ކުރުމަށް އެންމެނަށް އޮންނާނީ އަންގާފައި. ހުރިހާ އެންމެނާވެސް ފޯނުން ގުޅޭ އެންމެން ވެސް ތިބީ ސަރުކާރުގެ މި އިންތިޒާމަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގިފައި. ނޫސް ތަކުން އަހަރެމެންގެ ޝުކުރިއްޔާ ސަރުކާރަކަށް ރައްދު ކޮށްލަދީ" މިހެންނެވެ.

Advertisement
HDC — Sidebar (box)



މިއަދު 11 ޖެހިއިރު އަދި ހެނދުނު ގެ ނާސްތާ އެމީހުނަށް ނުލިބެއެވެ. ނަމަވެސް އެމީހުންގެ އެއްވެސް ޝަކުވާ އެއް ނެތެވެ. " ވަރަށް ގިނަ މީހުން ގެނެސް ކޮޓަރި ތަކަށް ބަދަލު ކުރަންވީމަ ވަރަށް ވަގުތު ނަގާނެކަން އެނގޭ. ކޮޓަރީގަ ސައި ހެދެން އެބަހުރި. އެއި މައްސަލައެއް ނޫން" ކަމަށް ވެސް މި މީހާ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް