ޚަބަރު

މަޖިލިސް ހުޅުވާ ދުވަސް ބަންދު

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ މަޖިލިސް ހުޅުވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

Ads by STELCO

މި އަހަރުގެ މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހަކީި މި އަހަރުގެ މަޖިލިސް ހުޅުވާ ދުވަހަކަށްވާތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެ ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލިސް ހިންގަމުންދާނީ ތިން ދައުރަކަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ފެށޭނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދު ބުނެއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!