Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިފަހަރު ރޯދަމަހު ކޮންމެ ގޭބަސީއަކަށް ކަދުރު ޕެކެޓެއް

މިފަހަރު ރޯދަމަހު ކޮންމެ ގޭބަސީއަކަށް ކަދުރު ޕެކެޓެއް

ސައުުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިއަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކަދުރު ބެހުން މިމަހުގެ 26 ވާ އާދިއްތަ ދުވަހުން ފެށިގެން މިއަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ގޭބިސީތަކަށް ކަދުރު ދޫކުރެވޭނީ ގޭބިސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން އޭގެ ސައްހަކަން ބެލުމަށްފަހު ކަމަށެވެ. އޭގެ އިތުރުން ބަލައި އަންނަ މީހާގެ އައިޑީކާޑު ދައްކަންޖެހޭނެ ކަމަށް ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ސައުދީއިން މި ފަހަރު ރޯދައަށް ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 50 ޓަނު ކަދުރެވެ. ސައުދީއިން ކޮންމެ އަހަރަކުވެސް އެކި ގައުމުތަކަށް ކަދުރު ހަދިޔާ ކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް