ޚަބަރު

ދިރާގު ރޯޑް ރޭސް މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ އަހަރުކުވެސް ބާއްވަމުން އަންނަނަ ދިރާގު ރޯޑް ރޭސް، ކޮވިޑް-19 އާ ގުޅިގެން މިއަހަރު ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

Ads by MWSC

ދިރާގުން ބުނީ މި ހަރަކާތް ކެންސަލް ކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތު އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަށް ވާތީ ކަމަށެވެ.

އަދި މިއީ އެ ކުންފުންޏަށް ދަތި އަދި ހިތާމަވެރި ނިންމުމެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ވަނީ ފާއިތުވި 13 އަހަރު ދުވުންތެރިންގެ ފަރާތުން ދެމުން އައި އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ދުވުން ކުރިއަށްވުރެ ކުލަގަދަކޮށް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް ދިރާގުން ވަނީ ދީފަ އެވެ.

ރޯޑް ރޭސްގެ އިތުރުން މި އަހަރު ދިރާގުން ބާއްވަން ރާވައިފައިވާ ބޮޑެތި ހަރަކާތެއް ވެސް އެ ކުންފުނިން ވަނީ ކެންސަލް ކޮށްފަ އެވެ. މީގެ ތެރޭގައި ގިނަ ބަޔަކު އެއްވާ ގިނަ ކުޅިވަރުތައް ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!