ދުނިޔެ

ޕްލާސްޓިކު މަދުކުރަން ޝިއޯމީ އިން ޕެކިން ބަދަލުކޮށްފި، އެކަމަކު ފޯނާއެކު ޗާޖަރު ލިބޭނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 12އާއެކު ޗާޖަރާއި ހެޑްސެޓް ނުލިބޭތީ އެޕަލްއަށް ގިނަ ބަޔަކު ދަނީ ޖޯކު ޖަހަމުންނެވެ. އެޕަލް އިން ޗާޖަރާއި ހެޑްފޯން ސިފަކޮށްފައިވަނީ "ބޭކާރު" އެއްޗެހި ފަދައިންނެވެ.  އެޕަލް އިން ބުނާ ގޮތުގައި މި ނިންމުމަކީ ކާރބަން ފުޓްޕްރިންޓް މަދު ކުރުމަށް ނިންމި ނިންމުމެކެވެ.

Ads by Sosun Fihaara

އެޕަލްގެ މި ނިންމުމާ ގުޅިގެން ސެމްސަންގުންވެސް ވަނީ އެޕަލްއަށް ވައްބަހުން ޖަހާފައެވެ. އަދި ހަމަ އެހެންމެ އެހެން ބްރޭންޑުތަކުގެ މެނުފެކްޗަރުން ވެސް އެޕަލްއަށް ޖޯކު ޖަހާފައިވެއެވެ. އެހެން ނަމަވެސް އެޕަލްގެ މި ނިންމުމަށް ރައްދެއްގެ ގޮތުން ކަމުގައި ވިޔަސް ނޫނަސް، ޝިއޯމީ އިން މި ނިންމީ ވަރަށް ވަރުގަދަ ނިންމުމެކެވެ.

އެގޮތުން ފޯނު ވިއްކާއިރު ޕެކިންގައި ޕްލާސްޓިކް މަދު ކުރުމަށް ޝިއޯމީ އިން ނިންމާފައިވާކަން އެ ބްރޭންޑުން މިވަނީ ހާމަކޮށްފައެވެ. ފޯނު ޕެކްކުރާއިރު ފޯނުގެ ޕެކިންގައި ޗާޖަރު ލާން ބޭނުންކުރާ ޕްލާސްޓިކް ބައި ނުހިމަނާނެ ކަމުގައި ޝިއޯމީއިން ބުނެއެވެ.

ޝިއޯމީއިން ފޯނުގެ ޕެކިންގައި ޕްލާސްޓިކް މިބައި މަދު ކުރި ނަމަވެސް ޝިއޯމީއިން ފޯނާއެކު ޗާޖަރާއި ހެޑްސެޓު ވެސް ލިބޭނެއެވެ. އަދި ޕްލާސްޓިކް މަދުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް ބޭނުން ކުރަންވީ މިގޮތް ކަމުގައި ޝިއޯމީ އިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!