ޚަބަރު

އަންދާޒާކޮށްފައިވާ އަދަދަށް ފައިސާ ނުލިބޭތީ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ: އާޒިމް

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދާ ގާތަށް ވެސް ފައިސާ ނުލިބޭނެ ކަމަށާއި، އެހެންކަމުން ކުރިއަށް ގެންދަން ހުރި ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްތަރުު އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވާފައިވާ ސިޓީ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މިހާލަތުގައި ރާއްޖެއަށް އަދި ދައުލަތަށް ވާނެ ގޮތަކާއި މެދު ވިސްނަންޖެހޭކަމަށެވެ.

2020 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށް ބޮޑުބަދަލެއް އަންނަން އުޅޭކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އަންދާޒާ ކުރުމަށްފަހު ލިބޭނެކަމަށް ބުނި އަދަދާއި ގާތަށްވެސް ދައުލަތަށް ފައިސާ ލިބެންނެތްކަމަށެވެ. އަދި ޕްރޮޖެކްޓްތައް ވެސް ހުއްޓާލަންޖެހޭކަމަށެވެ.

"އެހެންވީމަ މިކަން އަޅުގަނޑުމެން މެމްބަރުން ދިރާސާކުރަން ޖެހޭނެ. ޔަގީނުން ވެސް ދާއިރާގެ ކައުންސިލަރުންނާ ވާހަކަދައްކަން ޖެހޭނެ، ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހޭނެ،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެތެރެއިން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެން ނަމަވެސް ރާއްޖެއަށް ފަތުރުވެރިން އައުން އެއްކޮށް ހުއްޓި ހުރިޙާ ގައުމެއްގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖޭގެ އާމްދަނީގެ ބޮޑުބައެއް ނުލިބި އިގްތިސާދީ އަނދަވަޅަކަށް ވެއްޓޭނެކަމަށް ބެލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!