Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެސްޓީއޯގެ އެމްޑީ، އަމްރު މަޤާމުން ވަކިކުރަން ރައީސް އަންގަވައިފި

އެސްޓީއޯގެ އެމްޑީ، އަމްރު މަޤާމުން ވަކިކުރަން ރައީސް އަންގަވައިފި

އެސްޓީއޯގައި ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ފެށިގެން އަމްރު ގެންދަވަނީ، އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން މުހައްމަދު ނަޝީދުގެ ފަޅީގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ޖޭޕީގެ ރިޔާސީ ކޮމެޓީއާއި ދާދި ފަހުން ބައްދަލުކޮށްފައިވާއިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރޭގައި އެމްޑީ އަމްރު ހިމެނެއެވެ. އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، ރޭ ޕީއެސްއެމްއިން ދައްކަން ތާވަލް ކުރި އަމްރުގެ ޕްރޮގްރާމްވެސް ނުދެއްކުމަށް ރައީސް އޮފީހުން އެންގި ކަމަށް ތުހުމަތު ކުރެއެވެ. އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން އަމްރު ވަކިކުރުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް