މާ ގަދައަށް ހުނުމުން ބަނޑަށް ތަދުވަނީ ކީއްވެ؟

ހުނުމަކީ އިންސާނާގެ ތަބީޢަތުގައި ލައްވާފައިވާ ވަރަށް ތަފާތު ކަމެކެވެ. ބައެއް މީހުން އުފާވާ ވަގުތު ތަކުގައި ހިނި އަންނަ އިރު އަނެއްބައި މީހުން، ރުޅި އަންނަ ވަގުުތު ތަކުގައި ނުވަތަ މާބޮޑަށް ދެރަވުމުން ހޭން ފަށައެވެ.
ހޭން ފަށާއިރަށް، ބަނޑަށް ތަދުވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ބައެއް ފަހަރު މިތަދުތައް ގިނައިރަށް ވެސް ދެމިގެންދާ ފަހަރު އާދެއެވެ. ނަމަވެސް ހޭއިރު ބަނޑަށް ތަދުވަނީ ކީއްވެތޯ ނުވަތަ އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެއްތޯ ސުވާލު ކޮށްލިން ހެއްޔެވެ؟
ހުނުމުގައި ބަނޑަށް ތަދުވާ މައިގަނޑު ސަބަބަކީ ހޭއިރު ނޭވާލާ މިންވަރު އިތުރުވެގެން ދިއުމެވެ. ނޭވާލާ މިންވަރު އިތުރުވުމުން ، ފުއްޕާމޭ ފުޅާވެ، ފުއްޕާމޭގެ ޑައިފްރަމް ތިރިވެއެވެ. ޑައިފްރަމް ތިރިއަށް ދިއުމުން ތިމާގެ ބަނޑުގައިވާ އެޕްސްތައް ހަރަކާތްކުރަން ފަށައެވެ.
ހޭއިރު އިހުސާސްވާ ތަދަކީ ބަނޑުގައިވާ އެޕްސްތަކުގެ ހަރަކާތް އިތުރުވުމުން ވާ ތަދެކެވެ. ޑައިފްރަމް ތިރިއަށް ގެންދިއުމަށް ފުންޕާމޭ މަސައްކަތްކުރާއިރު ޑައިފްރަމް މައްޗަށް ގެންދިއުމަށް އެޕްސްތައް މަސައްކަތް ކުރާތީއެވެ. މިކަން އެއް މިނެޓް ތެރޭގައި ވެސް އެތައް ފަހަރަކު ތަކުރާރުވެއެވެ.
އެހެންކަމުން، ހޭއިރު ނުވަތަ ދުވާއިރު ބަނޑަށް ތަދުވުމަކީ ތިމާގެ ސިއްހަތަށް ގެއްލުންހުރި ކަމެއް ނޫނެވެ. އަދި އެއީ ތިމާއަށް ބައްޔެއް ޖެހިފައިވާކަމުގެ އަލާމާތެއް ވެސް ނޫނެވެ. އެއީ ތަބީއީ ކަމެކެވެ.