ޚަބަރު

ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެ، ކޮވިޑްގެ އަލާމާތެއް ނުފެނޭ

ދެން އެމްވީ ، ދެން އޮންލައިން

ކަރަންޓީން ފެސިލިޓީ އަކުން އައިޖީއެމްއެޗް އަށް ބަދަލު ކުރި މީހަކު މިއަދު ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާލުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫރާދު ވިދާޅުވީ ނިޔާވި މީހާ ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި އޭނާގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. އަދި ނިޔާވި އިރުވެސް އޭނާގެ ކިބައިން ކޮވިޑްގެ އަލާމާތެއް ނުފެންނަ ކަަމަށް ޑރ. ވިދާޅުވިއެވެ.

" ނިޔާވެފައި ވަނީ އިންޑިއާ އިން އައި މީހެއް. އޭނާ ނިޔާވީ މިއަދު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް." ، ޑރ. މުރާދު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައިވާއިރު އައިސޮލޭޝަންގައި 184 މީހުން އެބަތިބިއެވެ. އަދި ކަރަންޓީންގައި 1433 މީހުން އެކި ކަރަންޓީނު ފެސިލިޓީ ތަކުގައި މިހާރުވެސް އެބަތިއްބެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!