ޚަބަރު

އީސަ މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނަށް: މަގުމަތިވުމުގެ ކުރިން ރަށަށް ބަދަލުވޭ!

މަގުމަތިވުމުގެ ކުރިން ރަށަށް ބަދަލުވެވެން އޮތްނަމަ ބަދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަނެއްކާވެސް ގޮވާލައްވައިފިއެވެ.

"ކުލި ނުދެއްކިގެން ގިނަ ބަޔަކު މަގުމަތިވަނީ!" މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ޝާއިރުކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން، މެމްބަރު އީސަ ވިދާޅުވީ، ފަރުދީ ޒިންމާ އަދާކުރައްވައި، ލިބޭ މިންވަރެއް ޔަގީންކުރައްވައި، ހިސާބު ޖެއްސެވުމަށް ފަހު ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި މަގުމަތި ވުމުގެ ކުރިން، ރަށަށް ބަދަލުވެވެން އޮތްނަމަ، ފުރުސަތު ލިބުމުން އެކަން ކުރައްވުމަށާއި ދަތި ހާލަތްތަކުން އަރައިގަނެވޭނީ ކުރަން އެންމެ ހިތް ނޭދޭ ބައެއް ކަންކަންވެސް ކޮށްގެން ކަމަާށްވެސް އީސަ ވިދާޅުވިއެވެ.

މަގުމަތިވުމުން ރަށަށް ބަދަލުވާން އީސަ ގޮވާލެއްވިއިރު މާލެ އޮތީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. މާލެ އިން ބޭރަށް ދިއުމުގެ ހުއްދައެއް މިހާރު އެއްވެސް މީހަކަށް ނެތެވެ. ކުރު ދަތުރުތަކުގައި މާލެ އައިސް ތިބި އެތައް ބަޔަކު ވެސް މާލެ ފުރަބަންދު ކުރުމުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!