ދުނިޔެ

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން އުފައްދާ ވެކްސިން ޓެސްޓް ކުރުން ޖޫންމަހު ، އޮކްސްފޯޑްގެ ވެކްސިން މާދަމާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ސައިންޓިސްޓުން ތައްޔާރު ކުރާ ވެކްސިން ، އަންނަ ޖޫންމަހު ޓެސްޓް ކުރާނެ ކަމަށް އެ ފަރާތުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

އިމްޕީރިއަލް އިން މިކަން ހާމަ ކުރިއިރު އޮކްސްފޯޑްގެ ސައިންޓިސްޓުން ތައްޔާރުކުރި ވެކްސިން ޓެސްޓްކުރަން މާދަމާ ފަށާނެއެވެ. އެ ކޮލެޖުން ހާމަކޮށްފައިވާ ގޮތުގައި ޕޯލިއޯ ޑްރޮޕް ގޮތަށް ދިޔާ ކޮށް ހުންނަ މި ވެކްސިން ޓެސްޓްކުރުމަށް އަމިއްލައަށް ކުރިމަތިލީ މީހުން އެކަމަށް ހޭލުންތެރިކޮށް ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިކަމަށް ކުރިމަތި ލީ ލަންޑަން، ބްރިސަލް އަދި ސައުތުހެމްޓަންގެ މީހުންނެވެ.
ސަރުކާރުން 22.5 މިލިއަން ޕައުންޑް ހޭދަކޮށްގެން އުފައްދާ މި ވެކްސިން ގެ މަސައްކަތުގައި، އޮކްސްފޯޑް ގެ ސައިންޓިސްޓުންގެ ތަޖުރިބާއަށް ވަރަށް ބޮޑަށް ބަލާނެއެވެ.އޮކްސްފޯޑް ޔުނިވަރސިޓީއާއި އިމްޕީރިއަލް ކޮލެޖުން އުފައްދާ ވެކްސިން އަކީ ވެސް ދިފާޢީ ނިޒާމުގެ ތެރޭގައި ހުރެގެން ކޮރޯނާވައިރަސް އާ ހަނގުރާމަ ކުރުމުގެ ޤާބިލްކަން ހޯދުމަށް ޓެސްޓް ކުރެވޭ ވެކްސިނެވެ.

ކޮވިޑް-19 ގެ ވެކްސިނެއް ހޯދާ ފުރަތަމަ ގައުމަކަށް ވުމަށް އިނގިރޭސިވިލާތުގެ ސައިންޓިސްޓުން އަންނަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ. އަދި މިކަމަށް އިތުރު 44.5 މިލިއަން ޕައުންޑް މި ދެ ކޮލެޖަށް ޚަރަދު ކުރަން ސަރުކާރުން ވަނީ އެއްބަސް ވެފައެވެ.

އިމްޕީރިއަލް ކޮލެޖުން ، ޑރ. ރޮބިން ޝެޓޮކް ހާމަ ކުރި ގޮތުގައި ޓެސްޓް ކުރާ ފަރާތްތަކަށް ފުރަތަމަ ދޭނީ ވަރަށް ދަށް ޑޯޒެކެވެ. ދެން ބޮޑު ސައިޑް އިފެކްޓެއް ނުފެންނަ ނަމަ ކޮވިޑް-19 އާ ހަނގުރާމަ ކުރެވޭވަރަށް ދިފާޢީ ނިޒާމް ވަރުގަދަ ވަންދެން، ޑޯޒް މަތިކުރަމުން ގެންދާނީއެވެ. މި ވެކްސިން އިންސާނުންނަށް ، މަސައްކަތްކުރާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތްނަމަވެސް، ފެބްރުއަރީ މަހުން ފެށިގެން ޖަނަވާރުންނަށް މިވެކްސިން ދީގެން ވަނީ ކާމިޔާބު ވެފައެވެ.

ޑރ. ޝެޓޮކް އިތުރަށް ހާމަކުރި ގޮތުގައި ދެ ކޮލެޖުން ވެސް ވެކްސިން އުފައްދަން މަސައްކަތް ކުރާކަން އެއީ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެ ވެކްސިނެއް ކާމިޔާބުވި ކަމުގައި ވިޔަސް، އެއީ އިންސާނިއްޔަތަށް ލިބޭ އެހީތެރި ކަމެކެވެ. އަދި ޝަރަފު ލިބޭނީ ހަމަ އިނގިރޭސިވިލާތަށެވެ. އަދި ނަސީބު ދިމާކުރާ ގޮތުން ދެ ވެކްސިން ފެއިލްވި ކަމުގައިވިޔަސް ކޮންމެ ވެކްސިނެއްގައި ހުރި ޕޮޒިޓިވް ކަންކަން ނަގައިގެން އަލުން މަސައްކަތް ކުރަން ފަސޭހަވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!