ޚަބަރު

ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް، އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭތޯ ބަލަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސި (އެޗްޕީއޭ)ގެ ގައިޑްލައިންތަަކަށް ފެތޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރުމަށް ތައްޔާރު ވެއްޖެއެވެ.

Ads by MWSC

މިއަދުގެ ވަގުތެއްގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވެސް ބޮޑު އިންސްޕެކްޝަނެއް ފަށާނެ ކަމަށާއި މި އިންސްޕެކްޝަނުގެ ތެރޭގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް އެ އޮފީސްތަކުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ބަލާނެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދިޔުމުގައި ހުރިހާ އޮފީސް ތަކަކުން ވެސް އެޗްޕީއޭ އަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

ކޮވިޑް-19ގެ ސަބަބުން އާންމުން އެއްވެ އުޅުމުގައި ވެސް އުސޫލުތަކާއި ގަވާއިދު ތަކަށް އަމަލު ކުރަން ޖެހެއެވެ. އެގޮތުން، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން ފަދަ ކަންކަން ހިމެނެއެވެ. އޮފީސްތަކުގައި ވެސް އެކަކު އަނެކެއްގެ ގާތުން މާގިނައިން ނުދިއުމާއި، އެކަކު ބޭނުންކުރާ ގަލަންފަދަ ތަކެތި އެހެން މީހުން ބޭނުން ނުކުރުމާއި ގިނަގިނައިން ސެނެޓައިޒާރ ބޭނުން ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެ ކުރިން ވެސް އެޗްޕީއޭއިން ވަނީ އާންމުންނަށް ހިދުމަތްދޭ ތަންތަން ވެސް ގަވައިދާ އެއްގޮތަށް ހުރިތޯ ބެލުމަށް ފުލުހުންނާއެކު އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންސްޕެކްޝަންގައި 343 ތަން އިންސްޕެކްޓް ކޮށް އުސޫލްތަކާ ޚިލާފް ހިންގަމުން ދިޔަ 11 ތަނެއް ވަނީ ބަންދު ކޮށްފައެވެ.

 

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!