ޚަބަރު

މާލެއިން އިތުރު 9 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

މާލެއިން އިތުރު 9 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިބައްޔަށް މިއަދު ފައްސިވެފައިވަނީ ހަތަރު ދިވެހިންނާއި ފަސް ބަންގްލަދޭޝް މީހުން ކަމަށެވެ.

މި ނުވަ މީހުން ވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު މި ފައްސިވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް 95 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 45 ދިވެހިންނާއި، 50 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!