ޚަބަރު

އިއްޔެ ހުއްދަނެތި މަގުމަތީގައި އުޅުނު 95 މީހަކު ޖޫރިމަނާކޮށް 15 މީހަކު ހައްޔަރުކުރި

ދެން އެމްވީ

ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް ހުއްދަ ނެތިއް އިއްޔެ ބޭރަށް ނިކުތް 95 މީހަކު ޖޫރިމަނާކޮށް 15 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެއްވެސް ހުއްދައަކާއި ނުލާ އިއްޔެ ބޭރަށް ނިކުތް 15 މީހަކު ހައްޔަރުކޮށް 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި 15 މީހުންނަކީ ކުށް ތަކުރާރު ކުރި މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ. މަގުމައްޗަށް މީހުން ނިކުތުން މަނާކޮށްފައި ވަނިކޮށް އިއްޔެއަކީ އެންމެ ގިނައިން މީހުން ބޭރަށް ނިކުތް އެއް ދުވަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިއްޔެ އެންމެ ގިނަ މީހުން ޖޫރިމަނާކުރީ މާލެއިންނެވެ. އެގޮތުން މާލެއިން 82 މީހަކު ޖޫރިމަނާ ކުރިއިރު ހުޅުމާލެއިން ޖޫރިމަނާކުރީ ހަތަރު މީހެކެވެ. އަދި ވިލިމާލެއިން 9 މީހަކު ޖޫރިމަނާކުރިއެވެ.

މިގޮތަށް ޖޫރިމަނާ ކުރެވޭ ފަރާތްތައް ޖޫރިމަނާ ކުރަން ނިންމާފައިވަނީ 1،000 ރުފިޔާ އިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!