ދުނިޔެ

ކޮރޯނާވައިރަހަށް އޮތް ހަމަ އެކަނި އުއްމީދު ފެނަށް – މެލޭރިޔާ ބޭހުން އެއްވެސް އަސަރެއް ނުކުރޭ

މުޅި ދުނިޔެއަށް ފެތުރި އެކި ގައުމުތަކުން 184،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކޮރޯނާ ވައިރަހަށް ފަރުވާ އެއް ލިބިދާނެކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ބޭސް ބޭނުން ކޮށްގެން ދެވުނު ފަރުވާ ދިރާސާ ކުރުމުން ، މި ބޭހުން އެއްވެސް އަސަރެއް ނުކުރާކަމަށް ދައްކައިފިއެވެ.

" ގޭމް ޗޭންޖަރ" އަކަށް ވެދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވަކާލާތު ކުރި ބޭސް ބޭނުންކޮށްގެން ހެދުނު ދިރާސާގެ ނަތީޖާ މިހެން އައުމުން ގައުމުތަކަށް ލިބުނީ އިތުރު މާޔޫސް ކަމެކެވެ. ސަބަބަކީ މިހާތަނަށް މި ބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާ އެއް ހޯދިފައި ނުވުމެވެ.

އެމެރިކާގެ ވެޓެރަންސް ހެލްތު އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދާ ސިއްހީ ޚިދުމަތްދޭ މަރުކަޒު ތަކުގައި، 11 އޭޕްރިލްއާއި ހަމައަށް ހެދުނު މި ދިރާސާގައި 368 މީހަކު ބައިވެރި ކުރެވުނެވެ. މީގެ ތެރެއިން 97 މީހަކަށް ހައިޑްރޮކްސިކްލޮރޮކުއިން ދެވުނެވެ. އަދި 113 މީހަކަށް ހައިޑްރޮކްސިކްލޮރޮކުއިންގެ އިތުރުން އަޒިތުރޮމިސިން ދެވުނު އިރު ބާކީ ތިބި މީހުނަށް މިއިން އެއްވެސް ބޭހެއް ނުދެއެވެ. ނަމަވެސް މީގެ ތެރެއިން މަރުވި މީހުންގެ 22 އިންސައްތަ އަކީ ހައިޑްރޮކްސިކްލޮރޮކުއިން ދީގެން ފަރުވާ ދިން މީހުނެވެ. ނަމަވެސް މީގެ މާނައަކީ ހައިޑްރޮކްސިކްލޮރޮކުއިންގެ ސަބަބުން މި ބަލި ޖެހޭމީހުނަށް އިތުރަށް ނުރައްކާ ވާ ވާހަކައެއް ނޫނެވެ.

ހައިޑްރޮކްސިކްލޮރޮކުއިން މި ބައްޔަށް ފަރުވާ އެއް ހޯދިދާނެ ކަމަށް ހީވި ހިސާބުން މި ބައްޔަށް އޮތް ޑިމަންޑް ކުއްލިއަކަށް ބޮޑު ވެގެން ދިޔައެވެ. މުޅި ދުނިޔޭގައި އުފައްދާ ހައިޑްރޮކްސިކްލޮރޮކުއިންގެ 70 އިންސައްތަ އުފައްދާ އިންޑިޔާއިން، މި ބޭސް އުފައްދާ މިންވަރު މަހަރު 40 ޓަނަށް އިތުރު ކުރި އެވެ. އެއީ 200 މިލިގްރާމްގެ 2 ކްރޯޑް ގުޅައެވެ. އަދި ވެސް މި ބޭހަށް އޮތް އުންމީދު ދޫކޮށް ނުލާ ގިނަ ޑޮކްޓަރުން ދަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނަށް މި ބޭސް ލިޔެދެމުންނެވެ.

މި ދިރާސާ އަދި ރަސްމީ އެއްވެސް ފަރާތުން ބަލާ ޝާއިޢު ކޮށްފައެއް ނުވެއެވެ. ސައިންސްވެރިން ހާމަ ކުރާގޮތުގައި މިކަން އިތުރަށް ދިރާސާކޮށް ތަޙުލީލުތައް ހަދަން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!