ދުނިޔެ

ލޮސްއެންޖަލިސްގެ ޞިއްޙީ އެހީތެރިންނަށް ކްރިސް ޖެނަރ ފެން ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ލޮސްއެންޖަލިސް ގެ ޞިއްޙީ އެހީތެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެފަރާތްތަކަށް ކްރިސް ޖެނަރ އެތައް ހާސް ފެންފުޅި ހަދިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

ލޮސް އެންޖަލިސްގެ ސީޑާރސް ސިނާއި މެޑިކަލް ސެންޓަރަށް ކްރިސް ޖެނަރ ކުރި މި ހަދިޔާ ފާހަގަކޮށް އެތަނުގެ ޑޮކްޓަރުންވަނީ ކްރިން ޖެނަރއަށް ޝުކުރު އަދާ ކޮށްފައެވެ.

މިދިޔަ ހަފްތާގައި، ކްރިސް ޖެނަރ ގެ އެންމެ ހަގުދަރި ކައިލީ ޖެނަރ ވަނީ އޭނާގެ ކޮސްމެޓިކް ކޮންޕެނީގެ 6000 ޕައުންޑް ހޭންޑް ސެނެޓައިޒަރ ފުޅި ލޮސްއެންޖެލިސްގެ ގިނަ ހޮސްޕިޓަލް ތަކަކަށް ހަދިޔާ ކޮށްފައެވެ. މިފުޅިތަކުގައި ކައިލީގެ ކުންފުނީގެ ލޮގޯގެ އިތުރުން އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ މެސެޖެއް ވެސް ލިޔެފައިވެއެވެ. މީގެކުރިންވެސް ކައިލީ ވަނީ ސިއްޙީ އެހީތެރިންގެ ރައްކާތެރިކަމަށް ބޭނުންވާ އާލާތްގަތުމަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ.

މީގެ 2 ހަފްތާގެ ކުރިން ކްރިސް ޖެނަރ އަދި ކައިލީގެ ދެމައިން ވަނީ، ކޮވިޑް-19 ގެ މިޙާލަތަށް ޚާއްސަ ސެނެޓައިޒަރ އެއް އުފެއްދުމުގެ މަސައްކަތްކުރާކަމަށް އިޢުލާން ކޮށްފައެވެ. މި އާއިލާއިން ދޭ ކޮންމެ އެހީއެއްގެ ފޮޓޯ އާއި ވީޑިއޯ މި އާއިލާގެ މެމްބަރުންގެ އިތުރުން އާއިލާގެ އެކިއެކި މުވައްޒަފުން ވެސް ސޯޝަލް މީޑީޔާގައި އާންމު ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!