ޚަބަރު

ކައްޕި ގެއްލުުނު ސަރަހައްދުން ބައެއް އެެއްޗެހި ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެ އަތޮޅު ކަގި ފަރަށް މިއަދު ހެނދުނު އެރި ދޯނިން ގެއްލުނު ދިވެހި ކައްޕި ހޯދަން ކޯސްޓް ގާޑުން ބަލަމުން އަންނަ ސަރަހައްދުން ބައެއް އެއްޗެހި ފެނިއްޖެ އެވެ.

Ads by Sosun Fihaara

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ކުޅުދުއްފުށީ، ހަވީރީ ނާޒު، މުހައްމަދު ޔޫސުފް، 37، އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އެ ސަރަހައްދުގެ މޫދު އަޑިން ބޮކްސާ ވައްތަރުގެ ޝޯޓަކާއި މާސްކެއް، މިހާތަނަށް ފެނިފައިވާ ކަމަށެވެ.

އެކަމަކު އެއީ ޔޫސުފްގެ އެއްޗެހިކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

އާޒިމް ވިދާޅުވީ "ޓީޓީއެސް ފާން" ދޯނި މާލެ އަތޮޅު ކަގި ކައިރިން ފަރަށް އެރިކަމާއި ކައްޕި ގެއްލުނު ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:00 އެހާކަށް ހާއިރު ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ދޯނިން ރިޕޯޓްކުރީ ކައްޕި ގެއްލުނުކަން އެކަންޏެވެ.

އެ ދޯނީގައި ދެން ތިބީ ބިދޭސީ ދެ ފަޅުވެރިންނެވެ.

އެމްއެންޑީއެފުން މީޑިއާއާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ދޯނި އުރިފައި އޮތީ ކަގި ކައިރިން މާލެ އަތޮޅަށް ވަންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ފަރުގައި ޖަހާފައިވާ ބައްތީގެ ކައިރި އަށެވެ. ދޯނި އޮތީ ވަރަށް ބޮޑަށް ފަރަށް އަރައިފަ އެވެ.

އާޒިމް ވިދާޅުވީ ޔޫސުފް ހޯދުމުގައި ކޯސްޓް ގާޑުގެ ޑައިވަރުން މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!