ދުނިޔެ

ދެވަނަ ފަހަރަށް ސްޕެއިނުގައި ކުއްލި ހާލަތު އިއުލާނު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން ދެވަނަ ފަހަރަށް ސްޕެއިނުގައި ކުއްލި ހާލަތު އިއުލާނު ކޮށްފިއެވެ

Ads by Sosun Fihaara

ކޮވިޑް-19 ޖެހިގެން ސްޕެއިންއިން މިހާތަނަށް 34،752 މީހުން މަރުވެފައިވާއިރު ޖުމްލަ 1،110372  މީހުންނަށް ވަނީ ބަލި ޖެހިފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދު އިތުރުވެ، 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ގާތްގަނޑަކަށް 20،000 މީހުންނަށް ބަލިޖެހި 231 މީހުން ވަނީ މަރުވެފައެވެ.

ޤައުމާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވީ އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހުން ފެށިގެން ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައިވާ ކަމަށެވެއަދި ބަލިފެތުރޭ މިންވަރު ދަށް ކުރުމަށް މިހާރު އިޢުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ހަ މަސް ދުވަހުގެ މުއްދަތަށް ދެމެހެއްޓުމަށް ބޭނުންފުޅުވާ ކަމަށާއި އެކަމުގެ ޙުއްދައަށް ޤާނޫނު ހަދާމަޖިލީހުގައި އެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތު ޔޫރަޕްގައި ގޯސް ވަމުން ދިޔުމާއެކު ގިނަ ގައުމުތަކެއް ދަނީ އަނެއްކާވެސް ލޮކްޑައުން ކުރުމަށް ވިސްނަމުންނެވެ. ސްޕެއިން ހިމެނެނީ ދެވަނަ ފަހަރަށް ލޮކްޑައުން ކުރި ޔޫރަޕްގެ ދެވަނަ ގައުމުގެ ގޮތުގައެވެ. ފައްސި ކޭސްތައް އިތުރުވަމުން ދިޔުމާއެކު މީގެ ކުރީން އަޔަލޭންޑް ވަނީ ލޮކްޑައުން ކޮށްފައެވެ.

.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!