Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ބަޔަކު ކަރަންޓީން ކުރަން ފުރަތަމަ ފަހަަރަށް ކޯޓުން އަމުރެއް ނެރެފި

ކޮވިޑް-19 އާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި އެއްގޮތަށް ކަރަންޓީނަށް ދާން ދެކޮޅު ހެދި ބަޔަކު ކަރަންޓީން ކުރަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ. މިއީ މިފަދަ ގޮތަކަށް ކަރަންޓީނަށް ދާން ކޯޓަކުން އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

ސިވިލް ކޯޓުން ކަރަންޓީނަށް ދިއުމަށް އަމުރު ކޮށްފައިވަނީ މާލޭގައި ދިރިއުޅޭ ދެމަފިރިންގެ މައްޗަށެވެ. އެ ދެމަފިރިންނަކީ ކޮވިޑް-19 ޖެހިފައިވާ ބަޔަކާއި ކޮންޓެކްޓްވި ދެ މީހުން ކަމުގައި ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސިވިލް ކޯޓުން މި ހުކުމް ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެކޯޓުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

Advertisement
Allied — Dhen Online (box)

މި އަމުރާއެކު އެ ދެ މީހުން ވެސް ވަނީ ކަރަންޓީނަށް ގެންގޮސްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައިވާއިރު، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އޮންނަ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ނަމަ، ސިވިލް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރަން އެންގިދާނެ އެވެ. އަދި މިފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ވެސް ސިވިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.

މިއަދު ރާއްޖެއިން ބަލި ޖެހުނު 9 މީހުނާއެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 95 އަށް އަރާފައެވެ. އޭގެ ތެރޭގައި 44 ދިވެހިން ހިމެނޭއިރު 74 މީހުނަކީ ވެރި ރަށް މާލެއިން ބަލި ޖެހުނު މީހުނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް