ކައިވެނި ޕާޓީއަކަށް މީހުން ގޮވައިގެން ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ
ކައިވެނި ޕާޓީއަކަށް ގދ. ތިނަދޫ އިން އެތަތޮޅު ގައްދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނީގެ އިންޖީނު ހުއްޓިފައި ވަނީ ގދ. ހަވޮޑިގަލާ ކައިރިން ކަމަށެވެ. އެ މީހުންނަކީ ކައިވެނި ޕާޓީއަކަށް ދަތުރު ކުރަމުންދިޔަ ބައެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިކަމާ ގުޅޭ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު 10:30 އެހާކަންހާއިރު ސީ އެމްބިއުލާންސްގައި އެމީހުން ތިނަދޫ އަށް ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
އިންޖީނު ހުއްޓުނު އެ ދޯނީގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
Ads by Allied Insurance