ޚަބަރު

ރާއްޖެއަށް އިތުރު 5000 ޓެސްޓް ކިޓް ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ 5000 ޓެސްޓު ކިޓު ލިބިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިރޭ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ މިއަދު އިތުރު 5000 ޓެސްޓު ކިޓު ލިބިފައިވާ ކަމަށެވެ. އަދި އެތަކެތި މިހާރު އައިޖީއެމްއެޗާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މީގެ ކުރިން ވެސް ރާއްޖެއަށް 11000 ޓެސްޓު ކިޓު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް 108 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު މާލެއިން އެކަނިވެސް 89 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 23 މީހަކު ކޮވިޑް ވަނީ ފައްސިވެފައެވެ. އެ 23 މީހުންނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ. މިއަދު ހެނދުނު ވެސް ރާއްޖެއިން ވަނީ 9 މީހަކު ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ފަސް ދިވެހިންނެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!