Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮތަޅުން ޓެކްސް ނަގަނީ އާާމްދަނީ ހޯދާކަށް ނޫން: ޝައުނާ

ކޮތަޅުން ޓެކްސް ނަގަނީ އާާމްދަނީ ހޯދާކަށް ނޫން: ޝައުނާ

ކޮތަޅުން ޓެކްސް ނަގަނީ އާމްދަނީ ހޯދާކަށް ނޫންކަމަށާއި އެއީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ފެށި ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވެފައި މިވަނީ ކޮތަޅުން ޓެކްސް ނަގަން ފެށުމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެއްޓީ ދައުލަތަށް ދިގު މުއްދަތެއްގައި ހޯދާ އާމްދަނީއެއްގެ ގޮތުގައި ނޫންކަން ފާހަގަކުރައްވައި މިނިިސްޓަރު ވިދާޅުވީ، ދެވަނަ ފަހަރަށްވެސް ބޭނުންކުރެވޭ ކޮތަޅުތައް ބޭނުންކުރަން ފެށުމުން ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސްގެ އާމްދަނީ ކުޑަވާނެކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ޝައުނާ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި އެހެން ޤައުމުތަކުންވެސް އެމަންޒަރު ފެންނާނެކަމަށާއި، ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާ ނުކުރީ، ޕްލާސްޓިކް ކޮތަޅުގެ ބޭނުންކުރަންޖެހޭ ފަހަރު މަދުން ނަމަވެސް ކުރިމަތިވާތީ ކަމަށެވެ.

އަދި އުއްމީދަކީ ރާއްޖޭގައި މުޅިން އެއްކޮށް ކަރުދާސް އަދި ފޮތިކޮތަޅަށް ބަދަލުކޮށްލުންކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ކުނި ބަންދުކުރުމަށް ޚާއްސަ ކޮތަޅެއް ވެމްކޯއިން ވަރަށް އަވަހަށް ތައާރަފްކުރާނެކަމަށެވެ. ނަމަވެސް އެ ކޮތަޅަށް ފީއެއް ނުނަގާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ މީގެކުރިން ގެނައި ބައެއް ބަދަލުތަކުގެ ތެރެއިން ފުޅިމަދުން ހާދާފައި ހުންނަ ކާއެއްޗެހި ބަންދުކުރާ ޕާރުސަލް ތައްޓާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ސަމްސާ، އޫ، އަދި ވަޅި ފަދަ ތަކެއްޗާއި ސުޕާރީ ޕެކެޓާއި ކޮޓަން ބަޑު އަދި އެކި ކަހަލަ ބުއިންތައް ބަންދުކޮށްފައި ހުންނަ ކުދިކުދި ފުޅި ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާކަމަށެވެ.

 

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް