Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޅުދުއްފުށީގައި ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީ ސިޓީ އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެރަށުގައި ކާފިއު އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހު މެންދުރުއެވެ. އޭރު ކާފިއު އިއުލާންކުރީ ތިން ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ކާފިއުގެ މުއްދަތަށް އިތުރު ހަތް ދުވަސް އިތުރުކުރުމުން އަންނަ މަހުގެ އެކަކާ ހަމައަށް އެރަށް އޮންނާނީ ލޮކްޑައުންގައެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ގާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިހާރު ވަނީ ކައުންސިލްތަކަށް ބާރުދީފައެވެ.

Advertisement
Allied — Dhen Online (box)

ކުޅުދުއްފުށީ ސިޓީ ކައުންސިލްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކާފިއު އިއުލާންކޮށްފައި އޮންނަ އިރު ހުއްދަ ނެތި ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ.

އެހެންކަމުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިހްތިޔާރު ލިބިގެންވާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުންޏެެވެ.

އެގޮތުން މިއަދު ވަނީ ކާފިއުއާ ހިލާފުވި މީހަކު 500 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް