ޚަބަރު

ޒިކުރާ މިސްކިތް މައްސަލާގައި ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީޢަތް މާދަމާ ބޭއްވުމަަށް ތާވަލު ކޮށްފިއެވެ.

Ads by STELCO

އެގޮތުން ކްރިމިނަލް ކޯޓުގައި މިދައުވާގެ ޝަރީޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 3:00 ޖަހާއިރުއެވެ.

މިމައްސަލައިގައި ޑރ. ޒިޔާދާއި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އިސްވެރިއަކަށް ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަރު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދާއި އިބްރާހިމް ޢަބްދުﷲ ގެ މައްޗަށް ވެސް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!