ޚަބަރު

އަދާލަތު ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓަށް އެދެން ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓަށް އެދުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.

Ads by STELCO

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ޓިކެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ޓިކެޓަށް އެދޭ ފަރާތްތަކުން ގާނޫނީ ފޯމް ފުރިހަމަ ކުރުމަށްފަހު ހ. ގުލިދޫގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހަށް ހުށަހަޅަންޖެހެއެވެ.

ނަމަވެސް އަދާލަތު ޕާޓީން ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއެއް ބާއްވަން ނިންމާފައެއް ނުވެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީން ވަނީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ތިން ޕާޓީން ވެސް ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މީގެއިތުރުން ޑީއާރްޕީން ވެސް އެ ފުރުސަތު ހުޅުވާލާފައިވެއެވެ. ނަމަވެސް އެ ޕާޓީގެ ޝަރުތަކީ 100 މެމްބާޝިޕް ފޯމާ އެކު ލިޔެލިޔުންތައް ހުށަހެޅުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!