ކުޅިވަރު

ރެސިޕީ: ބީފް ސްޕެގެޓީ

ދެން އެމްވީ ، ދެން އޮންލައިން

ސްޕެގެޓި އަދި ޕާސްތާ އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ކާއެއްޗެކެވެ. މިއީ ގާތްގަނޑަކަށް ތިރީހަކަށް މިނެޓުގެ ތެރޭގައި ތައްޔާރު ކޮށްލެވިދާނެ، ފަސޭހަ ރެސިޕީ އެކެވެ.

Ads by MWSC

މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 4-6 މީހުންނަށް ވާވަރަށެވެ.

ބޭނުންވާތަކެތި:

4 ޖޯޑު ސްޕެގެޓީ ނުވަތަ ޕާސްތާ

7 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

ކުޑަ ލޮނުކޮޅެއް

3 ލޮނުމެދު
3 ހިކަނދިފަތް
½ ފިޔާ
1 ދަޅު ކޯންޑް ބީފް (340 ގްރާމް)
4 ޗީޒް ފޮތި
1 ކުޑަ ޓޮމާޓޯ ޕޭސްޓް ދަޅު

ހަދާނެގޮތް:

1. ބޮޑު ތެއްޔަކަށް ފެންކޮޅު އަޅާލައި ފެންގަނޑު ކެކިގަންނަންދެން ކައްކާށެވެ.

2. ފެންގަނޑު ކެކި ގަތީމައި އޭގެތެރެއަށް ޕާސްޓާކޮޅާއި މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ލޮނު ކޮޅެއްވެސް އެޅި ދާނެއެވެ. ކޯންޑް ބީފްއަކީ ވަރަށް ލޮނުގަދަ އެއްޗަކަށް ވާތީވެ އަހަރުމެން އެޅީ ދެ އިނގިލިން ނަގާ ބުރުއްސާލެވޭވަރުގެ ލޮނުކޮޅެކެވެ.

3. ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. އަދި ފިޔައާއި ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ.

4. ޕާސްޓާ ރަނގަޅަށް ކެކުމުން ފުރޭނުމަށްފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. އަހަރުމެންގެ ޕާސްޓާ ގަނޑު ރަނގަޅަށް ކެކެން 15 މިނެޓު ވިއެވެ.

5. ބޮޑު ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާފައި އެހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދާއި ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށްޓަކައި ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި އަވަސް އަވަހަށް ހަލަމުންވެސް ގެންދަންވާނެއެވެ.

6. ފިޔާކޮޅު މަޑުވާން ފެށުމުން ކޯންޑް ބީފްކޮޅު އޭގެ ތެރެއަށް އަޅާލައި ކޯންޑް ބީފްކޮޅަށް މުށިކުލަ އަރަންދެން ކައްކާށެވެ.

7. ދެން ޓޮމާޓޯ ޕޭސްޓް އަޅައި އިތުރު 5 މިނެޓެއް ހާއިރު ވަންދެން ކައްކާލާނީ އެވެ.

8. އެއަށްފަހު ކުރިން ކެއްކި ޕާސްޓާއާއި ޗީޒް ފޮތިތައް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލައި ޗީޒްފޮތިތައް ދިޔާވާން ފަށަންދެން ކައްކާލާނީއެވެ. މިކަމަށް މިނެޓެއްވެސް ނުނަގާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!