ކުޅިވަރު

ރެސިޕީ: ޓްރެސް ލެޗެ ( މިލްކް ކޭކް)

ދެން އެމްވީ ، ދެން އޮންލައިން

ޓްރެސް ލެޗެ ނުވަތަ އާންމު ނަމުން ނަމަ މިލްކް ކޭކް އަކީ މިދުވަސްކޮޅު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކޭކެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި:

4 ބިސް
200ގ ހަކުރު
200ގ ފުއް
10 މޭޒުމަތީ ސަމުސާ ބަޓަރު
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
1 މޭޒުމަތީސަމުސާ ވެނިލާ އެސެންސް
1 ޖޯޑު ރޯކިރު
ވިޕިން ކްރީމް

ތައްޔާރުކުރާނެ ގޮތް:

އިލެކްޓްރިކް ހޭންޑް މިކްސާ އެއް ބޭނުންކޮށްގެން ނުވަތަ މިކްސަރެއްގައި ފުރަތަމަ ބިސްތައް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް، ހަކުރާއި، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ފުށާއި، ބޭކިން ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ދެން އެއަށްފަހު ވަކިން ތެއްޔެގެ ތެރެއަށް ކިރާއި ބަޓަރު އެޅުމަށްފަހު އެއްވަންދެން ގޭސް އުނދުނުގައި ރަނގަޅަށް ހޫނުކޮށްލާށެވެ. އެއަށްފަހު ކުރިން ހެދި މިކްސްގެ ތެރެއަށް އެއްވެފައިހުރި ކިރާއި ބަޓަރު ކޮޅު އަޅާލާ، އެނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް މިހުރިހާ އެއްޗެއް އެއްކުރުމަށްފަހު ކޮންޓެއިނަރަކަށް ނުވަތަ ކޭކް ފިހާ ޓްރޭއަކަށް އަޅާ، އަވަން 180 ޑިގްރި ސެލްސިއަސް އަށް ހޫނުކުރުމަށްފަހު 30 މިނެޓުވަންދެން އަވަނުން ކޭކު ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫކުރުމަށް ކޭކް އަވަނުން ނަގާފައި ބަހައްޓާށެވެ. އަދި ކޭކް ހިހޫ ވުމުން ކޭކްގެ މަތީގައި ވިޕިން ކްރީމް ހާކާށެވެ.

ކޭކް ސާރވް ކޮށްލުމަށް ކޭކް މަތީގައި ސްޓްރޯބެރީ ފަދަ މޭވާ އެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!